ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފި

ރައީސްލް ޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލް ގައްޔޫމް އެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ރައީސް އޮފީހަށް ވަޑައިގެންފި. އަދި މިހާރު ގެންދަވަނީ ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވަމުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީހަށް ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް: ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރާނެ ކަމަށް އުއްމީދުކުރަން. މަނިކުފާނުގެ ވެރިކަމުގެ ނިޒާމްގައި މިކަންކަން ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން
ރައީސް ޔާމީން: ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކާއި އޮންނަ ގުޅުން ބަދަހިކުރާނަން. ޝަރަފުވެރި ގައުމަކަށް ހަދާނަން. އަޅުގަނޑު މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަން. އެކަމަށް ޝައްކެއް ނުކުރަން. މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ބޭނުން. ރައްޔިތުންނަށް ދުޅަހެޔޮ އަމާން މާހައުލެއް ހޯދައިދޭނަން. ފުދުއްތެރި ޒުވާނުން އިގްތިސާދެއް ބިނާކުރާނަން.
ރައީސް ޔާމީން: އިޖުތިމާއީ ވެއްޓެއް ގާއިމުކޮށް ރައްކާތެރިކަން ގާއިމްކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭނަން. އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދޭނަން. ބާރުވެރިކުރުވާނަން. މަސްތުގައި ޖެހިފައި ތިބި ޒުވާނުން އެކަމުން ސަލާމަތް ކުރަން މަސައްކަތް ކުރާނަން. ގައުމުން އެވަބާ ނައްތާލަން އަޅުގަނޑު މަސައްކަތް ކުރާނަން.
އަޅުގަނޑު އެކުލަވާލާ ސަރުކާރު ހަރަދު ކުޑަ ސަރުކާރަކަށް ވާނެ. މަގާމުތަކަށް ގާބިލް ބޭފުޅުން ހަމަޖައްސާނަން. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަންކަމަށް އިސްކަންދޭނަން. އެކި ސަރަހައްދުގައި ހުރި ބިންބިން ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ބޭނުންކުރާނަން. ދިވެހިންގެ މައި ދޮރޯށި ހިމާޔަތް ކުރާނަން. މިވެރިކަމަކީ އުފާފގަތި ވެރިކަމަކަށް ހަދާނަން.
ރައީސް ޔާމީން: ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ކޮންމެ ރައްޔިތަކީ އަޅުގަނޑުގެ އަހެއް، އުހުތެއް، ކޮންމެ ވަގުތަކުވެސް މިއީ ހުރިހާ ރައްޔިތެއްގެ ރައީސް ކަން ހަނދާންކުރާނަން. ދަރަނި މިއޮތީ އަތް ނުފޯރާ ފަށަށް އަރާފައި، ދަރަނި ކުޑަކުރުމަށް ވަރަށް ހާއްސަ މަސައްކަތްތަކެއް އަޅުގަނޑު ވަރަށް އަވަހަށް ފަށާނަން. އިގްތިސާދުގެ ތަބުތައް ވަރުގަދަ ކުރަންޖެހޭ، އެކިއެކި ދާއިރާތަކުން ލިބޭ އާމްދަނީ އިތުރުކުރަންޖެހޭ، ޒުވާނުންނަށް އިސްކަންދޭން ޖެހޭ. އިތުބާރު ކުރަންޖެހޭ. ޒުވާނުންނަކީ އުފެއްދުންތެރި ބޭނުންތެރި ބަޔަކަށް ހަދާނަން
ރައީސް ޔާމީން: މިއީ ވަރަށް ޝަރަފުވެރި މަގާމެއް. އަޅުގަނޑު މަގާމަށް އިންތިހާބު ކޮށްދެއްވުމުގައި އެހީތެރިވެ ދެއްވި ޕާޓީ ތަކުން ކުރެއްވި މަސައްކަތް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. މާތްވެގެން އިސްލާމްދީނާއި ގާނޫނު ތަކަށް ދަމަހައްޓާނަން. މަގާމާއި ހަވާލުވާއިރު، ގައުމު މިއޮތީ ނާޒުކު ހާލަތުގައި. އަމާން ވެއްޓެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުގެ ގައުމީ ވާޖިބެއް ވަރަށް ބޮޑު މަސްއޫލިއްޔަތެއް. މިކަން ކުރެވޭނެ ރައްޔިތުންގެ އެއްބައިވެ އެކަތިގަނޑިވެގެން. ވަކި ކުލަޔަކަށް ވަކި ބަޔަކަށް ނުބަލައި މަސައްކަތް ކޮށްގެން.
ކުރީގެ ދެ ރައީސް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވި ދުވަސް
ޔާމީން: ހަވާލުކުރެއްވި މަސްއޫލިއްޔަތު ވީ އެންމެ ރަގަޅަކަށް އަދާ ކުރެއްވުމުގެ ހެޔޮ ތައުފީގު ލެއްވުން އެދި ދުއާ ކުރަން
ހުވާގެ އިގްރާރުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސޮއި ކުރައްވަނީ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މަގާމުގެ ހުވާލައި ދެއްވައިފި
މަޖިލީހުގެ ރައީސް: ރައީސް ޔާމީނަށް މަޖިލިސް މެންބަރުންގެ ނަމުގަ އާއި ރައްޔިތުންގެ ނަމުގަ އާއި މަޖިލީހުގެ ރައީސް ނަމުގައި ޝާހިދު މަރުހަބާ ދަންނަން. 21 އަހަރާއި އަށް މަހާ ދުވަހާ ހަމައަށް މަޖިލީހުގައި ހިދުމަތް ކުރެއްވި. މިއަދާ ހަމައަށް މަނިކުފާނަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މަޖިލީހުގައި ހުންނަވައިގެން ރާއްޖޭގެ ދުސްތޫރީ ހަޔާތަށް ކޮށްދެއްވި ހިދުމަތްތަކަށްޓަކައި ވަރަށް ބޮޑަށް ޝްކުރު ދަންނަވަން.
މިވަގުތު ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުގެ ހުވާ ކުރައްވަން ތައްޔާރުވެފައިވާއިރު ރައީސް ޔާމީން ވަނީ ރައީސް ކަމުގެ އިގްރާރުގައި ސޮއި ކުރައްވާފައި.
އުއްތަމަ ފަނޑިޔާރު ހުވާލައި ދެއްވަނީ. ފުރަތަމަ ޔާމީނަށް.
50 މެންބަރުން ވަޑައިގެންނެވި ޖަލްސާ ފައްޓަވި ދެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝަހީދު އުއްތަމަ ފަނޑިޔާރުގެ އަރިހުން ޔާމީނަށް ހުވާލައި ދިނުމަށް ދަންނަވައިފި
ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއްވަގުތެއްގައި ބައިވެރިވެވަޑައިގެންދެއްވީތީ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވައިފި
އާ ރައީސް ހުވާ ކުރެއްވުމަށް ރަސްމިއްޔާތަށް މަޖިލީހުގެ 50 މެންބަރުން ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާންކުރައްވާފައި
މަޖިލީހުގެ ޖަލްސާއެއް ދަރުބާރުގޭގައި މި ބާއްވަނީ ފަސް އަހަރާ ހަ ދުވަސް ފަހުން.
ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން މިއަދު ޖަލްސާގައި ތިއްބެވީވެސް ޖެހި ޖެހިގެން. ރޭ މައުމޫން ވަނީ ރައީސް ނަޝީދަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައ.
އާ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށައި. މިވަގުތު ގުރުއާންގެ ބަރަކާތުން ޖަލްސާ ކުރިޔަށްދަނީ. ހުވާކުރައްވާ ނިމުމުން ރައީސާއި ނައިބު ރައީސް ވަޑައިގަންނަވާނީ ރައީސް އޮފީހަށް.
ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުން އެކުގައި ދަރުބާރުގެއަށް ވަޑައިގެންފި. ދެބޭފުޅުން ވަޑައިގެންނެވީ ވަރށް ބޮޑަށް ސަމާސާ ކުރައްވާ ވާހަކަފުޅު ދައްކަވަމުން.
ޔާމީންގެ ދެކަނބަލުން ދަރުބާރުގެއަށް ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފި.
ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާ. އަދި ދަރުބާރުގޭގައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށްޓަކައި ޔާމީން މޮޓޯކޭޑްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ވަޑައިގެންފި ކަމަށް ބުނޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ