އޭދަފުށީ ކައުންސިލަރަކު ހިލޭ އަންހެނަކާ އެކު ކޮޓަރިއެއްގައި ތިއްބާ އަތުލައިގެންފި

ބ. އޭދަފުށީ ކައުންސިލަރަކު ހިލޭ އަންހެނަކާ އެކު ބުރާސްފަތިދުވަހުގެ ރޭ ކޮޓަރިއެއްގައި ތަޅުލައިގެން ތިއްބާ އެ ރަށު ފުލުހުން ގޮސް އޭނާ ނެރެގެން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފި އެވެ. އޭދަފުށިން ވާހަކަދެއްކި މީހަކު "ހަވީރަ"ށް ކިޔައިދިންގޮތުގައި ޑީއާރުޕީގެ ފަސް މެންބަރުން ހިމެނޭ އެރަށު ކައުންސިލުގެ މެންބަރު އަބްދުލްވާހިދު ހުސައިން، ބުރާސްފަތިދުވަހުގެ ރޭ ދަންވަރު އެ އަންހެންމީހާ އާ އެކު ކޮޓަރީގައި އެކަހެރިކޮށް ތިއްބާ ފުލުހުންގެ ވޭނެއްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާ އާ ވަނީ ސުވާލުކޮށްފަ އެވެ. އެހެން ނަމަވެސް، ދެ ގަޑިއިރެއްހާ އިރު ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ކައުންސިލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފުލުހުންގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ދޫކޮށްލީ ކީއްވެތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ކައުންސިލަރުގެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ރަށުގެ ޒުވާނުންތަކެކެވެ. "[ކައުންސިލަރު] އެ ގެއަށް ދާތާ ދުވަސްތަކެއް ވެއްޖެ. މިރަށު ޒުވާން ކުދިންތަކެއް އަންނަ ބޮޑުއީދު ބައިބަލާ ކުޅޭނެ ތަނެއް ހެދުމަށް ހުއްދަ ނުދީގެން ކައުންސިލަރު ދެކެ ރުޅިއައިސްގެން މައްސަލަ ރިޕޯޓްކުރި ކަމަށް ވާހަކަދެކެވެނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ