ދުވަހަކު ވެސް ރައީސް ނަޝީދަށާއި އެމްޑީޕީއަށް ވެރިކަމަށް އަޔަ ނުދޭނެނަން: ރިޔާޒް ރަޝީދު

ހަށިގަނޑު ތެރޭގައި ދިވެހިލޭ ހުރިހާ ދުވަހަކު ރައީސް މުހައްމަދު ނަޝިދަށާއި އެމްޑީޕީއަށް ރާއްޖޭގެ ވެރިކަމާއި ހަމައަށް ވަޑައިގެންނެވިޔަ ނުދޭނެ ކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމު އަލީ ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަން ދޫކޮށްލެއްވީ ހަމަހޭގައި ހުންވައިގެން ނޫން ކަމަށާއި، ވެރިކަން ހޯއްދެވުމަށް މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ހަމަހޭ ޖެހުނު އިރު، ވެރިކަން ބީވެއްޖެ ކަމުގެ އިހްސާސް ކުރެވިގެން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ދުވަސް ތެރޭގައި ފެނިގެން ގޮސްފައިވަނީ އަނިޔާވެރިކަމައި ގާނޫނުތަކަށް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތި މަންޒަރު ކަމަށެވެ. އަދި އެންމެ ބޮޑެތި ޖަރީމާތައް ހިންގާފައިވަނީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ