ބްރެޑްފޮޑް ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި އެވޯޑް ޕްރޮފެސަރ ހަސަން އުގެއިލަށް ލިބިވަޑައިގެންފި

10:00އިނގިރޭސިވިލާތުގެ ބްރެޑްފޮޑް ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ 'ވައިސް ޗާންސެލަރސް އެކްސެލެންސް އިން ނޮލެޖް ޓްރާސްފަރ އެވޯޑް' އެ ޔުނިވާސިޓީގައި މަސައްކަތްކުރައްވާ ދިވެއްސެއް ކަމުގައިވާ މަޝްހޫރު ކޮމްޕިއުޓަރ ސައިންޓިސްޓް އަދި ޕްރޮފެސަރ ޑރ. ހަސަން އުގެއިލަށް ލިބިވަޑައިގެންފި އެވެ.ބްރެޑްފޮޑް ޔުނިވަރސިޓީގެ ޗެއަރ އޮފް ވިޝުއަލް ކޮމްޕިއުޓިން ޑިޕާޓްމަންޓުގެ ހެޑް، ޕްރޮފެސަރ ޑރ. އުގައިލަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ، ނޮލެޖް ޓްރާސްފަރ ނުވަތަ މައުލޫމާތު ބަދަލުކުރުމުގެ ދާއިރާއިންނެވެ.އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އުގައިލް ވަނީ ދާދި ފަހުން ކޮމްޕިއުޓާ ޑޭޓާއާ ގުޅޭ ވަރަށް ޚާއްސަ ސޮފްޓްވެއާއެއް ތައްޔާރުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ