ލިބެންޖެހޭ ފައިސާ ހޯދުމަށް ބްރޯޑްކޮމް އިން މަސައްކަތް ނުކުރޭ: އޮޑިޓު

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ އިދާރާ އިން މަސައްކަތް ނުކުރާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނަށް އަހަރީ ފީތައް ނުދައްކާ ފަރާތްތަކުގެ ކިބައިން ހޯދަން ޖެހޭ ޖޫރިމަނާ ފައިސާ ވެސް އެ ފައިސާ ހޯދަން ޖެހޭ ފަރާތްތަކުގެ ކިބައިން އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ ފައިސާ ތިން މިލިއަން އަށްވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށާއި ދެ ފަހަރެއްގެ މަތިން ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ސިޓީ ފޮނުވި ނަމަވެސް ދައުލަތުގެ މާލިއްޔަތުގައި ވާގޮތަށް ފައިސާހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ މިލިއަނަކަށް ވުރެ ގިނަ ރުފިޔާވާއިރު އެ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ބްރޯޑްކޮމް އިން ކޮށްފައި ނުވާ ކަމަށް ބުންޏެވެ.މީގެއިތުރުން ދައުލަތަށް އާމްދަނީ ލިބެންޖެހޭ ގޮތަށް ބްރޯޑްކޮމް އިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ