އީސީގެ ނައިބަކަށް ހަބީބު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އިންތިހާބު ކުރައްވައިފިއެވެ.
ހަބީބް އެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަކްރަމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ