ލަންކާގައި މަރުވި މީހަކު 25 ދުވަސް ފަހުން ވަޅުލައިފި

ކޮވިޑް ޖެހިގެން މަރުވިކަމަށް ހޮސްޕިޓަލުން ނިންމާފައިވާ މީހަކު 25 ދުވަސް ފަހުން ވަޅުލައިފިއެވެ.
ލަންކާގެ އަޝްރަފް މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ އެމީހާ މަރުވެފައިވަނީ ކޮވިޑް ޖެހިގެން ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް އާއިލާއިން ވަނީ އެމީހާ މަރުވީ ކޮވިޑް ބަލީގައި ނޫންކަމަށް ބުނެ ހޮސްޕިޓަލުން ބުނާ ބުނުން ދޮގު ކޮށްފައެވެ.
ހޮސްޕިޓަލުން ވަނީ އެމީހާގެ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ އިން އެމީހާ ކޮވިޑަށް އިންފެކްޓް ވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ނަމަވެސް ޕީސީއާރް ޓެސްޓުން ނެގެޓިވް ވެފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި އާއިލާގެ 125 މީހުންގެ ޓެސްޓުތައް ހަދާފައިވާއިރު އެއްވެސް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.
ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ނިންމާފައިވުމާ އެކު އެމީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ހޮސްޕިޓަލުން ދެކޮޅު ހެދިނަމަވެސް އެއަވަށުގެ ކޯޓުން ވަނީ އާއިލާއާ ހަށިގަނޑު ހަވާލު ކުރުމަށް އަމުރުކޮށްފައެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި ލަންކާގައި އަމަލުކުރާ ގޮތަކީ އެފަދަ ހަށިތައް އެންދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ