ހުޅުމާލެ ހިޔާ އަވަށުގައި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހުޅުމާލެ ހިޔާ އަވަށުގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެޗް7 ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ. އެއީ 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިިރިހެނެކެވެ. އެންމެންނަކީ ދިވެހީންނެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހިޔާ އަވަށުގައި މާރާމާރީއެއް؛ ހަތަރު މީހަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ