ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަށް 2025 ވަނަ އަހަރު ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި 32.54 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މިއަދު މީރުމާ ހޯލުގައި ބޭއްވި ވިޒިޓް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ކުންފުންޏަށް މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރެވެ. މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށްފައެވެ.
މާކެޓިންގ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ގާއިމުކުރި ތިން އަހަރުގެ ޕާޓްނަރޝިޕެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި 205 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންނަށް ރާއްޖެ އިޝްތިހާރުވެގެންދިޔައެވެ. ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވިދިވިދިގެން ހަވަނަ އަހަރު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ ލަގަބުވެސް ދަމަހައްޓާފައެވެ.
ވިޒިޓް މޯލްޑިވްސްއަށް މިދިޔަ އަހަރު 32.5 މިލިއަން ރުފިޔާގެ އާމްދަނީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ