ޔާމީން އާދީއްތަ ދުވަހު އައްޑޫ އަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަންނަ އާދީއްތަ ދުވަހު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޕީޕީއެމުން ބުނީ ޔާމީން އައްޑޫ ވަޑައިގަންނަވާނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ޔާމީން ވަޑައިގަންނަވާނެ އެވެ.
މިއީ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން އައްޑޫ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޔާމީން ދާދިފަހުން ވަނީ ހއ.އަތޮޅާއި ނ.އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޔާމީން ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެން، ޕީޕީއެމްގެ މެމްބަރުންނާއެކު ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ. އެ ޖަލްސާތަކުގައި ޔާމީން ވަނީ ސަރުކާރު އެކި ސިޔާސަތުތަކަށާއި އިންޑިއާ އަށް ވެސް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.
ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު، އެމަނިކުފާނާއި ދެކޮޅަށް ކޯޓުތަކުގައި މިހާރުވެސް އަންނަނީ މައްސަލަތައް ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ