ރައީސް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތޮޅު ދަތުރުތަކުގެ ސިލްސިލާގައި ދެން ވަޑައިގަންވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށެވެ.ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަން އަދި ހަމަޖެހިފައިވާ ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.ރައީސް ޔާމީންގެ އަތޮޅު ދަތުރު ތަކުގައި އެންމެ ފަހުން ވަޑައިގަތީ އެންމެ އުތުރުން ހއ. އަތޮޅުގެ ބައެއް ރަށަރަށެވެ. އެއީ ހއ. ކެލާ އާއި ބާރަށާއި ދިއްދޫ އާއި އިހަވަންދޫ އަދި ތުރާކުނެވެ.އަންނަ ރިޔާސީ އިންތިހުބުގައި ރައީސް ޔާމީން ވާދަ ކުރައްވަން ނިންމަވައި އެ މަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ