ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކޮށްފި

އެލްޖީއޭއިން މިގޮތަށް ނިންމީ އިއްޔެ ބޭއްވި އެލްޖީއޭގެ ޖަލްސާގައެވެ.އެލްޖީއޭގެ ނިންމުމުގައި ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން ވަނީ މަނާކޮށްފައެވެ.ކައުންސިލަރުން ސަސްޕެންޑްކުރި މުއްދަތު:- ހަސަން ހަކީމް - 3 މަސް- އިޒްމީލް އަޙްމަދު - 3 މަސް- މުޙައްމަދު ޝާމް - 3 މަސް- މަރިޔަމް ޔަޝްފާ - 1 މަސް- އައިމިނަތު ޝަހުލާ - 1 މަސް- ޒުހުދާ އާދަމް - 2 މަސްދުވާފަރު ކައުންސިލްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހާއެވެ.ދުވާފަރު ކައުންސިލް ސަސްޕެންޑް ކޮށްފައިވަނީ އެ ކައުންސިލްގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަތައް ދައުލަތުގެ އެކި އިދާރާތަކުން ދަނީ ބަލަމުންނެވެ. ދުވާފަރުގައި މިހާރު ތިއްބަވަނީ 6 ކައުންސިލަރުންނެވެ. އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ