މ. އަތޮޅު، މުލީގައި މިހާރު ކުރިއަށްދާ މުލީކޮޅު ރާޅުގަނޑުގެ ކުއާޓާ ފައިނަލުން އަހުމަދު އާގިލް (އައްމަޑޭ)، ހޫދު އަހުމަދު (ހޫބްސް) އަދި އިސްމާއިލް ރަޝީދު (ސްމައިލީ) ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ހަތަރުވަނަ ބުރުގެ، ފުރަތަމަ ހީޓުން އެއްވަނަ ހޯދާ، ނޫހް މުހައްމަދު ދުނައިމް އިރުޝާދު އަދި ޔަސިން އަހުމަދު ނާޝިދު ކުއާޓާ އަށް ވަނީ ދަތުރުކޮށްފަ އެވެ.
މި ހީޓުގެ އެެއްވަނަ ނޫހު ހޯދީ 6.83 ސްކޯކޮށްގެންނެވެ. ދެވަަނަ އަށް ދިޔަ، ޔަސިން އަށް ލިބުނީ 5.94 ގެ ސްކޯއެކެވެ.
ނޫހު އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 3.00 އަދި 3.83 ސްކޯކޮށްފަ އެވެ. އަދި ޔަސިން އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި 4.17 އަދި 1.77 ސްކޯކުރި އެވެ.
ހަތަރުވަނަ ބުރުގެ ދެވަނަ ހީޓުން އެއްވަނަ އައްމަޑޭ ހޯދީ 13.17 ސްކޯކޮށްގެންނެވެ. އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.17 އަދި 7.00 ސްކޯކޮށްފަ އެވެ.
މި ހީޓުގެ ދެވަނަ އަށް ދިޔަ، ކަޔާން އަބްދުالله އަރީފް އަށް ސްކޯކުރެވުނީ 9.17 އެވެ. އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 5.17 އަދި 4.00 ސްކޯކޮށްފަ އެވެ. ކަޔާން ވެސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ.
ހޫދު އަދި ސްމައިލީ ކުއާޓާ އަށް ދަތުރުކުރީ ހަތަރު ވަނަ ބުރުގެ ތިން ވަނަ ހީޓުގައި ވާދަކޮށްގެންނެވެ.
މި ހީޓުގެ އެއް ވަނަ ހޫދު ހޯދީ 12.50 ސްކޯކޮށްގެންނެވެ. އެނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި ވަނީ 7.17 އަދި 5.33 ސްކޯކޮށްފަ އެވެ. ދެވަނަ އަށް ދިޔަ ސްމައިލީ ވަނީ 6.56 ސްކޯކޮށްފަ އެވެ. އެއީ 3.33 އަދި 3.23 ސްކޯކޮށްގެންނެވެ.
ހަތަރު ވަނަ ބުރުގައި އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ ހަތަރުވަނަ ހީޓުގައި ވާދަކުރި ނަޖާހް މުހައްމަދެވެ. އެނާ މި ހީޓުގެ އެއްވަނަ ހޯދީ 15.17 ސްކޯކޮށްގެންނެވެ. ނަޖާހު އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.67 އަދި 8.50 ސްކޯކޮށްފަ އެވެ.
މި ހީޓުގެ ދެ ވަނަ ހޯދައިގެން ސައްޔިދު ސަލާހުއްދީން ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. ސައްޔިދު ދެ ވަނަ އަށް ދިޔައީ 9.60 ސްކޯކޮށްގެންނެވެ. އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން ވަނީ 6.17 އަދި 3.43 ސްކޯކޮށްފަ އެވެ.
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ. މި ފަހަރުގެ މުބާރާތުގައި އޯޕަން ކެޓަގަރީގައި 22 އެތުލީޓުން ވާދަކުރާއިރު، ޖޫނިއާ ކެޓަގަރީގައި 21 އެތުލީޓުން ވާދަކުރެ އެވެ.
މުލީކޮޅު ރާޅުގަނޑުގެ ކުއާޓާ އިން އައްމަޑޭ، ހޫދު، ސްމައިލީ ޖާގަ ހޯދައިފި މުލީކޮޅު ރާޅުގަނޑުގެ ކުއާޓާ އިން އައްމަޑޭ، ހޫދު، ސްމައިލީ ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ