އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި: ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަން ބޭނުން ނުވާކަން މީގެކުރިން ނަޝީދު ހާމަކުރައްވާފައިވާއިރު ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަނޑައަޅަނީ ގްރޫޕްގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި އެގޮތުން ޕީޖީ ލީޑަރު ކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށެވެ.
"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑު ކުރަން" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައި މިވަގުތު ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ