ހިމާޔަތްކުރާ ސަރަހައްދުތަކުން އިތުރު ނަފާ ހޯދިދާނެ : މިނިސްޓަރު

ރާއްޖޭގައި ހިމާޔަތްކުރާ ސަރަހައްދުތަކުން އިތުރު ނަފާ ހޯދިދާނެެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. އެންވަޔަރަމަންޓް މިނިސްޓަރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހުސެއިން ވިދާޅުވީ ދާދި ފަހުންވެސް ވަކި ސަރަހައްުތަކެއް ހިމާޔަތްކޮށްފައިވާ ކަމަށާއި އެ ސަރަހައްދުތައް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭންތަކެއް ހަދަމުންދާ ކަމަށެވެ. " މީގެ ބޭނުމަކީ ހިމާޔަތްކުރެވޭ ތަންތަނަކީ ހަމައެކަނި ހިމާތްކުރެވިފައި އޮންނަތަނެއްގެ ގޮތުގަ މިދެންނެވި ކަރުދާހުގަ ފެންނަން އޮތުމުގެ އިތުރުން އެ ތަންތަނަކީ ހަގީގަތުގައިވެސް ގާނޫނުން ލިބިދޭން ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވާ އަދި އެތަންތަނުގެ ބޭނުން ދިވެހި ރައްޔިތުންނަށްވެސް ކުރެވޭ މަންފާ ލިބޭ ތަންތަނުގެ ގޮތުގައި ހަމަޖެއްސުން." މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން އިތުުރަ ނަފާ ހޯދޭނެގޮތްތަކާ ބެހޭގޮތުން ކަމާ ގުޅޭ ބޭފުޅުންނާ މިހާރުވެސް މަޝްވަރާކުރަމުންދާ ކަަމަށެވެ. އެގޮތުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ޓޫރިސްޓުންނަށް ތިބޭނެގޮތް ހެދިދާނެ ކަމަށާއި ނަމަވެސް ގެސްޓްު ހައުސް ނުވަތަ ހޮޓަލެއް ހިންގައިގެން އެކަން ކުރުމުގެވިސްނުމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. " އެކަންކަން ކުރެވުނީމާ އަޅުގަނޑު ދެކޭގޮތުގައި މީސްމީހުންނާ ހަވާލުކޮށްގެންކަމަށް އެންމެ ރަނގަޅަށް ކަނޑައަޅާ މިންގަނޑުތަކަށް އެކަން ކުރާނެ މީހުންނަށް އެކަން ހަވާލުކުރެވިދާނެ. އެކަން ކުރެވިދާނެ އެއް ގޮތް އެއީ. މޯލްޑިވްސް ގްރީން ފަންޑުން ލާރި އެބަ ލިބޭ. އެހެންވީމާ އަޅުގަނޑުމެންނަށް އިންވެސްޓުވެސް ކުރެވިދާނެ. " މިނިސްޓަރު ވިދާޅުވިއވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ