19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އެމްޑީޕީން

އެޕްރީލް މަހު ބާއްވާ 19 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އެމްޑީޕީއިންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިހާތަނަށް 193 ކެންޑިޑޭޓުންގެ ފޯމް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ 86 ކެންޑިޑޭޓުންގެ ފޯމާއި، އަމިއްލަ ގޮތުން ވާދަކުރާ 59 ކެންޑިޑޭޓުންގެ ފޯމްގެ އިތުރުން ޕީޕީއެމްގެ 14 ކެންޑިޑޭޓެއްގެ ފޯމް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އީސީ ގެ މެންބަރު ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގެ ހަތް ކެންޑިޑޭޓެއްގެ ފޯމާއި ޖޭޕީގެ ހަ ކެންޑިޑޭޓެއްގެ ފޯމް އަދި ޕީއެންސީގެ ހަތަރު ކެންޑިޑޭޓުންގެ އިތުރުން އެމްޑީއޭފެ ހަތް ކެންޑިޑޭޓުންގެ ފޯމް އީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ކޮންގްރެސް އިން ވާދަކުރަން ނިންމާފައިވާ ގިނަ ދާއިރާތަކެއް އެ ދެ ޕާޓީން ދޫކޮށް ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމާފައިވާއިރު އަދި މި ދެ ޕާޓީން ވެސް ސީދާ ވާދަކުރަން ނިންމާފައިވަނީ ކިތެއް ދާއިރާއަށްކަމަށް ޔަގީނެއް ނުވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ