ރަލާގުޅޭ ވާހަކަ ދައްކަނީ އެންމެ ގިނައިން ރާވިއްކާ މީހުންނާ ގުޅިފަތިބި މީހުން: ނަޝީދު

މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ނުވާނެކަމަށާއި އެވާހަކަތައް (ބަދަލުކޮށްގެން) ދައްކަމުން ގެންދަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ މީހުންނާއި ގުޅިފަތިބި މީހުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ތޮއްޑޫގައި ދެއްކެވި ހާވަކަފުޅުގައި ރައީސް ނަޝީދު ވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި ޗޮކްލެޓާއި ރަލާއި ސިނގިރޭޓްކަމީ ދުނިޔޭގެ ހަގީގަތެއް ކަމުގައެވެ. އަދި އެ ވިޔަފާރިއަކީ އިންތިހާއަށް ފައިދާވާ ވިޔަފާރިއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރިއަކީ ދިވެހި ރާއްޖޭގައި މާ ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއްކަމަށާއި ގެސްޓްހައުސް ވިޔަފާރިން ފައިދާ ނެގޭނެކަން އެއީ އެނގެން އޮތް ހަގީގަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަކުންނެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ގެސްޓްހައުސްތަކުގައި ރާ ވިއްކުމުގެ ހުއްދަ ދިނުމަށް ކަމަށްވެސް ދަނީ ބުނަމުންނެވެ.Meehun dhiriulhey rahrashuga ban’gu raa vikkan huhdha dheykah alhugandakah ehgothakavves nufeney adhi efadha vaahaka eh nudhakkan.Hithaama akee dheen siyaasee hathiyaarehge gothugai beynunkoh,mivaahaka migothah fathuranee Raajjeyga enme ginain raa vikka faraiythakai gulhigenkamun— Mohamed Nasheed (@MohamedNasheed) March 13, 2019ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަދޭން އެއްގޮތަކަށްވެސް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ވާހަކައެއް ނުވެސް ދައްކަވާ ކަމުގައެވެ.
ނަމަވެސް ހިމާމަޔަކީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން އެފަދަ ވާހަކަތައް ދައްކަނީ ރާއްޖޭގައި އެންމެ ބޮޑަށް ރަލުގެ ވިޔަފާރި ކުރާ މީހުންނާއި ގުޅިގެންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ