ޕެރޯލް ބޯޑް ރައީސް ޔާމީން އެކުލަވާލައްވައިފި

ޕެރޯލް ބޯޑު" ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވާލައްވައިފިއެވެ.
ބޯޑުގައި ހިމެނޭ ބޭފުޅުންނަކީ މ. މިސުރުގަނދަކޯޅިގޭ ފައުޒިއްޔާ ޢަލީ އާއި ލ. މާބައިދޫ އާސިރުވާދު، މުޙައްމަދު ރަޝީދާއި މ. ނިޔަނދުރުމާގޭ ޚަދީޖާ ޝަބީން، އާއި މ. ވިންދު، މުޙައްމަދު ޝާހާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދާއި ބ. އޭދަފުށީ ހަލަވެލި، ޑރ. އަޙްމަދާއި ސ. ހިތަދޫ ސީސަން މާގޭ، ޑރ. މުޙައްމަދު ޙަބީބާއި ހ. ސްކައިލާން ޑރ. ޝަނޫހާ މަންސޫރެވެ.
މި ބޯޑް ރައީސް ޔާމީން އެކުލަވައިލެއްވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 121 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ