އާސެނަލްގެ ޑިފެންޑަރ ބެލެރިންއަށް ސީޒަން ނިމިއްޖެ

އާސެނަލްގެ ޑިފެންސްއަށް ކުޅެމުން އަންނަ ސްޕެއިންގެ ފުލް ބެކް ހެކްޓާ ބެލެރިންއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދި މެޗުގައި އަނިޔާވެގެން ސްޓެޗަރުގައި ދަނޑުން ބާލަން ޖެހުނު ބެލެރިންގެ ސްކޭން ރިޕޯޓްތަށް ދައްކާގޮތުން އޭނާ 6 މަހައި 9 މަހައި ދޭތެރޭ ކުޅުމައި ދުރުގަ ހުންނަން ޖެހެއެވެ.
އުމުރުން 23 އަހަރުގެ ބެލެރިންވަނީ މީގެ ކުރިންވެސް ލިބުނު އަނިޔާއަކައި ގުޅިގެން ފަސް މަސް ވަންދެން ކުޅުމައި ދުރުގަ ހުރެފައެވެ. މި ފަހަރު މި ލިބުނު އަނިޔާއަކީ އޭރު ލިބުނު އަނިޔާއިން ސަލާމަތްވެގެން ކުޅުނު ފުރަތަމަ މެޗުގައި ވީ އަނިޔާއެކެވެ.
ބެލެރިންގެ އިތުރުން އެޓީމުގެ ރޮބް ހޯލްޑިން އަދި ޑެނީ ވެލްބެކްއަށްވެސް ވަނީ މި ސީޒަނުގައި ނުކުޅެވޭ ވަރަށް އަނިޔާވެފައެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ދިގު މުއްދަތަކަށް އަނިޔާވެފަ ތިބި ކުޅުންތެރިންތަކެއް ތިއްބަސް އާސެނަލްގެ މެނޭޖްމަންޓަކުން އެޓީމުގެ ކޯޗް އެމެރީއަކަށް އައު ކުޅުންތެރިޔެއް ގަންނާނެ ބަޖެޓެއް މި ޖަނަވަރީ މަހުގެ ޓްރާންސްފާ ވިންޑޯގައި ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ