ކުޑަކުއްޖެއްގެ މައްސަލާގައި ފ.އަތޮޅު ސްކޫލެއްގެ ޓީޗަރަކު ސަސްޕެންޑް ކޮށްފި

ތަޙުޤީޤު ކުރަމުންދާ ކުޑަކުއްޖެއްގެ މައްސަލައެއްގައި ފ.އަތޮޅު ރަށެއްގެ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ޓީޗަރު ސަސްޕެންޑްކޮށްފައިވަނީ އެސްކޫލުގެ ޢުމުރުން 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށް ރާއްޖޭގެ މަޝްހޫރު އޮންލައިން މީޑިއާ “ވަގުތު” ގައި ބުނެފައި ވެއެވެ. އެނޫހުގައި ބުނެފައިވަނީ ކެމިސްޓްރީ ކިޔަވައިދޭ އެޓީޗަރު ސަސްޕެންޑް ކޮށްފައިވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ.
އެނޫހައި އިތުރަށް ބުނެފައިވަނީ، ގްރޭޑް 12 ގައި ކިޔަވާ އެކުއްޖާއަށް ޖިންސީ ގޯނާކުރިކަން ފަޅާއެރީ އެކުއްޖާގެ ޢާއިލީ މީހެއް ކައިރީ ބުނުމުން ކަމަށާއި، ޓީޗަރު ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ޓިއުޝަން ނަގައިދިނުމަށް، އެގެއަށް ގޮސްއުޅުމުގެ ތެރޭގައި ކަމަށެވެ.
“ވަގުތު” އޮންލައިންގައި ބުނެފައިވަނީ މިމައްސަލަ ޖެންޑާރއަށް ރިޕޯޓްކޮށްފައިވާކަމަށް ޖެންޑާއިން ބުނެފައިވާކަމަށެވެ.
ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ޓީޗަރު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާއިރު، މިހާތަނަށް އެޓީޗަރު ހައްޔަރުކޮށްފައިވާކަން އެނގިފައި ނުވެއެވެ. ނަމަވެސް ފުލުހުން މިމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް އިތުބާރު ހުރިގޮތަކަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ