ކޮވިޑަށް އިތުރު 143 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް، އިތުރު 143 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ބުނީ އިއްޔެ ހަވީރު 6ން މިއަދު ހަވީރު 6 އަށް 143 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހަކާއި ނޭޕާލްގެ ތިން މީހަކާއި ލަންކާގެ ދެ މީހެއްގެ އިތުރުން މިސްރު މީހެއް ހިމެނޭ ކަމަށެވެ.
އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 5،366 އަށް ވަނީ އަރައިފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 88 މީހުން ބަލިން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،461 މީހުންނަށެވެ.
މާލޭގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 13 ރަށަކުން ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އެއީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހަދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަކު އަދި ސ. ފޭދޫ އެވެ.
ނުވަ ރިސޯޓަކުން ވެސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ހަ ޓޫރިސްޓުންނާއި 11 މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ