ފާމަސީއަށްދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ފާމަސީއަށްދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ ފާމަސީއަށްދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށައަޅާފައިވާ ކަމަށެވެ.
އިތުރު ތަފްސީލް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ބުނީ އޭނާއަށް ޖިންސީ ގޯނާކުރީ އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ. އެ ވާހަކަ އާއިލާގެ މެންބަރުން ކައިރީގައި ބުނުމުން އެ އަންހެން މީހާގެ އާއިލާގެ ބަޔަކު ވަނީ އެ ފާމަސީއަށް ގޮސް އިންޑިއާ މީހާއަށް ހަމަލާދީފައެވެ. އެކަމާ ގުޅިގެން އެ އަންހެން މީހާގެ އާއިލާގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ