ރައީސް ޔާމީން ފަތާ ޓުރެކަކަށް އެދިވަޑައިނުގަންނަވާ، އިމްރާނު އަބުރު ކަތިލައްވަނީ: ޑރ.ޖަމީލު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ފަތާ ޓުރެކަކަށް އެދިވަޑައިނުގަންނަވާ ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ.ޖަމީލު މިފަދައިން ވިދާޅުވީ ރޭ ރާއްޖެޓީވީ "ފަލަ ސުރުޚީ" ޕްރޮގުރާމަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ޔާމީނަށް ފަތާ ޓުރެކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެމަނިކުފާނަށް އިތުރު ޓީވީ ޗެނަލުތައް ފެނިވަޑައިގަންނަވާނެ ގޮތް ހަމަޖައްސަމުންދާ ކަމުގައިވެސް ޢިމްރާން ވިދާޅުވިއެވެ. RY ge mahchah ethah Dhauvaa thakeh ufulamun dhaairu Vakeelunnaa bahdhal kurumuge furusathu nudhee aburu kathilan @ShimranAb kurahvanee dhashu dharajaige naathahzeeb amaleh. RY fathan track akah & ehen kamah ves request nukurahvaa. Enmennah ves libey hahqquthah liben jehey. pic.twitter.com/2CBsJ1mmK5— Mohamed Jameel Ahmed (@MJameelAhmed) August 16, 2020ޢިމްރާނުގެ ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓުގައި ޑރ.ޖަމީލު ތުހުމަތުކުރެއްވި ގޮތުގައި ޢިމްރާން މަސައްކަތްކުރައްވަނީ ރައީސް ޔާމީނުގެ އަބުރު ކަތިލައްވާށެވެ. އަދި ޑރ.ޖަމީލު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނުގެ މައްޗަށް އެތައް ދައުވާއެއް އުފުލަމުންދާއިރު ރައީސް ޔާމީނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދެއްވާފައިނުވެއެވެ. އަދި ޖަމީލު ވިދާޅުވީ، ފަތާ ޓްރެކަކަށް ނުވަތަ އެނޫންވެސް އެފަދަ ކަމަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިނުވާނެ ކަމުގައެވެ. ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެހެންވެސް ގައިދީންނަށާއި ރައްޔިތުންނަށް ލިބޭ ޙައްޤުތަކަކަށް ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. މީގެ ކުރިންވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން ޢިމްރާން ދެއްކެވި ބައެއް ވާހަކަފުޅުތައް ރައީސް ޔާމީނުގެ ޢާއިލާއާއި ވަކީލުންވަނީ ދޮގުކުރައްވާފައެވެ. ޢިމްރާނަކީ މޭޑޭ މުޒާހަރާގައި ޑރ.އަފްރާޝީމް ޝަހީދުކޮށްލީ ކޮން ބައެއްކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމުގައާއި އެކަން ސާބިތުކުރެވޭނެ ވަރުގެ ހެކި އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވެ ކަރުދާސްތަކެއް ނަންގަވައި ދެއްކެވި ބޭފުޅެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ