ކިއުބާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ކެއާ ޕެކޭޖް ފޮނުވައިފި

ކިއުބާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންތަކަކަށް ކެއާ ޕެކޭޖް ފޮނުވައިފި އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ކޮވިޑް 19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކިއުބާގައި ދިރިއުޅޭ ނުވަ ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދިވެރިކޮށް ކެއާ ޕެކޭޖު ފޮނުވާފައިވެއެވެ.
އެގޮތުން ކިއުބާގައި ތިބި ދަރިވަރުންނަށް ކެއާ ޕެކޭޖު ފޮނުވާފައިވަނީ ސްރީލަންކާގެ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މިކަން ކުރެވިފައިވަނީ ފޮރިން މިނިސްޓްރީއާއި ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކޮށްގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން ކެއާ ޕެކޭޖް ފޮނުވި އާއިލާތަކުން ކޮންމެ ދަރިވަރަކަށް ފޮނުވާފައިވަނީ 20 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ކެއާ ޕެކޭޖުތައް ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން، އިސްލާމިކް މިނިސްޓްރީ، އެމްއޭސީއެލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އެހީތެރިކަން މިނިސްޓްރީއަށް ލިބުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ