"ރާއްޖޭގެ މިނިވަންކަން އޮންނަންވާނެ ވަރެއް ކަނޑައަޅަނީ ބިރިއާނީއާއި ތަންދޫރީ ކުކުޅާއި ކަސޯޓީއަށް ބަލައިގެނެއް ނޫން"

ރާއްޖޭގެ މިނިވަންކަން އޮންނަންވާނެ ވަރެއް ކަނޑައަޅަނީ ބިރިއާނީއާއި ތަންދޫރީ ކުކުޅާއި ކަސޯޓީއަށް ބަލައިގެނެއް ނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާލުވީ ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރުގެ ގުޅުން ކުޑަވެގެންދާ ވަގުތުތަކުގައި ވެސް ދިވެހިން އިންޑިއާ އެކުގައި ހިއްސާކުރާ ސަޤާފަތްތައް ދޫނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އޮންނަންވާނެ ވަރެއް ކަނޑައަޅަނީ ބިރިއާނީއާއި ތަންދޫރީ ކުކުޅާއި ކަސޯޓީއަށް ބަލައިގެން ކަމަށް ހީވުމަކީ ޤައުމިއްޔަތުގެ ހުރުމަތްކަނޑާލުން ކަމަށެވެ.
ރާާއްޖޭގެ މިނިވަންކަން އޮންނަންވާނެވަރެއް ކަނޑައަޅަނީ ބިރިއާނީއާއި ތަންދޫރީ ކުކުޅާއި ކަސޯޓީއަށްބަލައިގެންކަމަށްހީވުމަކީ ޤައުމިއްޔަތުގެ ހުރުމަތްކަނޑާލުން @MohamedNasheed pic.twitter.com/SYCKLAphCq— Mohamed Saeed (@em_saeed) July 14, 2020
އިންޑިއާ ސަރުކާރުން އައުޓްޑޯ ޖިމް ވަސީލަތްތައް ހަދިޔާ ކުުރުމަށް ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޑިއާއަކީ، މުއްސަނދި ތަރައްގީވެފައިވާ ގައުމެއް ކަމަށެވެ. އަދި ވަރަށް އަވަސް ބާރު މިނުގައި އެ ގައުމު ތަރައްގީވަމުންދާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަނަށްވާއިރު، އިންޑިއާގެ ޓްރިވްޑަރަމްގެ އެކަނި ގައުމީ އުފެއްދުންތެރިކަމަކީ، 30 ބިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ