ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މަޤާމުން ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެވުޒާރާގެ މިނިސްޓަރު ކަމުގައި ހުންނެވި ޢަލީ ވަޙީދު މިއަދު އެމަޤާމުން ވަކިކުރައްވާފައިވާއިރު އެވުޒާރާގެ ސިޔާސީ އިސް މަޤާމެއްގައި ހުންނެވި އިތުރު ބޭފުޅަކުވެސް މަޤާމުން ވަކިކޮށްފިއެވެ. "މިހާރު" ނޫހުން ބުނެފައިވާ ގޮތުގައި އެނޫހަށް އެގިފައިވާ ގޮތުގައި މަޤާމުން ވަކިކޮށްފައިވަނީ އެމިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙައްސާނެވެ. ކުރީ ސަރުކާރުގައި ސިޔާސީ މަޤާމަކަށް ޢައްޔަންކުރި ޙައްސާނަކީ މިސަރުކާރުގައިވެސް އެމަޤާމުގައި ހުންނެވި ބޭފުޅެކެވެ. ޙައްސާނަކީ ޢަލީ ވަޙީދާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމުގައި "މިހާރު" ނޫހުން ބުނެފައިވެއެވެ. ޙައްސާން މަޤާމުން ވަކިކުރި ސަބަބަކީ ކޮބައިކެމެއް ނޭނގޭ ކަމުގައިވެސް އެނޫހުން ބުނެފައިވެއެވެ. "މިހާރު" ނޫހުން ބުނި ގޮތުގައި ޙައްސާނުގެ އިތުރަށް ރައީސް އޮފީހާއި ޓުއަރިޒަމް މިނިސްޓްރީންވެސް ޖަވާބެއް ލިބޭ ގޮތެއް ވެފައިނުވާ ކަމުގައެވެ. މިއަދު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވަނި ޖިންސީ ގޯނާގެ ތުހުމަތުކުރެވުމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާ ނުދެއްވުމާ ގުޅިގެންނެވެ. މިމައްސަލަ ފެންމަތިވުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާއާ މައްލަވަކޮށް ހުތުރު ބަހުން ޢަލީ ވަޙީދު ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެމައްސަލަ ނަހުލާ ރައީސާ ހަމައަށް ގެންދެވިއެވެ. ނަމަވެސް އެމައްސަލާގައި އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައިނުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ