މުވައްޒަފުންގެ އިހުމާލެއްނެތި، އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތަކަށް ހައްލެއް

މުވައްޒަފުންގެ އިހުމާލެއްނެތި މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތައް މެދުވެރިވެއްޖެނަމަ، މުވައްޒަފުން ކަމާގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް އިދާރާއަށް ހުށަހެޅި ތާރީޚުން ފެށިގެން ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިކަން މިގޮތަށް ނިންމަވާފައިވާކަން ބަޔާންކޮށް މިއަދު ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރުވެރިންނަށް، ފޮނުވާފައިވާ ސަރކިއުލަރގައި ބުނެފައިވަނީ ވަޒީފާގެ ކުރިއެރުން ދިނުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުން ފަދަ މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތެއް ކޮމިޝަނުން ނިންމާ ތާރީޚަކުން ފެށިގެން ދިނުމަށް އުޞޫލު އެކުލަވާލެވިފައިވާ ޕްރޮސެސްތަކުގައި، މުވައްޒަފު ވަޒީފާއަދާކުރާ އިދާރާގެ ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ނުވަތަ އިދާރީ ޕްރޮސެސްގެ ތެރެއިން ލަސްވެގެން ވަޒީފާގެ ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުން ލަސްވާ ޙާލަތްތައް މެދުވެރިވަމުންދާކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވަޒީފާގެ ކުރިއެރުން ދިނުން ނުވަތަ ޓެކްނިކަލްކޯ އެލަވަންސް ހަމަޖެއްސުން ލަސްވުމުގައި އިދާރާއިން އިހުމާލުވި މުވައްޒަފުންނާމެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން އަމަލުކުރައްވަމުން ގެންދެވުމަށް
ސަމާލުކަން ދެއްވުމަށް ދަންނަވާފައިވެއެވެ.
މިގެނެވުނު ބަދަލާއި އެކު ސިވިލް ސާވިސް މުވައްޒަފުން ބުނަމުންދަނީ މިއީ ވަރަށް ރަނގަޅު ބަދަލެއްކަމަށެވެ. މިބަދަލާއި ގުޅިގެން މުވައްޒަފަކު ބުނެފައިވަނީ މިއީ ކަންކަން ރަނގަޅުވެ ސިވިލް ސާވެންޓުންގެ ހައްޤުތައް އިޔާދަކޮށްދޭ ތަނަކަށް ސިވިލްސާވިސް ކޮމިޝަން ވެގެން ދިއުމާއި މެދު އަލަށް އެކުލަވާލެވުނު ކޮމިޝަންއާއި މެދު ކުރި އުންމީދެއްކަމަށެވެ. ކުރިން ކޮމިޝަންގެ އަމާޒު ހުރީ މުވައްޒަފުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި މުވައްޒަފުންގެ ހައްޤުތައް ހިފެހެއްޓުމަށްކަމަށް ބުނެފައިވެއެވެ.
އާކޮމިޝަން އައްޔަންކުރި ފަހުން ސިވިލް ސަރވިސް މުވައްޒަފުންގެ ހައްޤުތައް ކަށަވަރުކުރުމަށް ގިނަ އުސޫލުތަކެއް ސިވިލް ސަރވިސް ކޮމިޝަނުން ބަދަލުގެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ