ގައުމު އިސްލާހު ކުރުމަށް ޑީއެންއޭގެ ނަމުގައި ގައުމީ ހަރަކާތެއް އިފުތިތާހުކޮށްފި

ރާއްޖެ އިސްލާހު ކުރުމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި ގައުމީ ހަރަކާތެއް އިފުތިތާހުކޮށްފި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވާ އުފެއްދި އެ ހަރަކާތް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.
ޑީއެންއޭ އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޑީއެންއޭއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން ކަމަށާއި އަދި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް އުފެއްދި ހަރަކާތެއް ވެސް ނޫން ކަމަށެވެ.
"މިއީ ކޮރަޕްޓް ޕޮލިޓީޝަނުން އަތުން ގައުމު އަތުލައި ގައުމު އަމިއްލަ ފައިމައްޗަށް ނެގުމަށް އުފެއްދި ހަރަކާތެއް،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑީއެންއޭއަކީ ރާއްޖޭގައި ހުރި އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އުފެއްދި ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަރަކާތް އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި ޑީއެންއޭއާ ގުޅުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުމަރު ދައުވަތު އެރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ