އެޖެންޑާ 19 އަކީ ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުން: ރައީސް ޔާމީން

މިހާރުގެ ސަރުކާރުން ގެންގުޅޭ އެޖެންޑާ 19 އަކީ ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމާއި ނާގާބިލްކަން ފޮރުވަން ދައްކާ ވާހަކަތަކެއް ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ޕީއެންސީ ގުޅިގެން "އަންނަނީ އަންނަނީ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ ކަމަށެވެ. އެގޮތުން އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުންނަށް އޮޅުވާލާފައި ކަމަށާއި އަދިވެސް ގެންދަނީ އޮޅުވާލަމުން ކަމަށެވެ. ނަމަވެސް އެއީ އެޕާޓީގެ ހަޤީޤަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެޕާޓީން މިހާރު ދައްކަނީ ރިޔާސީ އިންތިހާބުގައި ދެއްކި ވާހަކަ ނޫން ކަމަށެވެ.ރައީސް ޔާމީން ވަނީ މިހާރު ތިބި މީހުން ވެރިކަމަށް އައީ ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލައިގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދީނާއި ގައުމިއްޔަތާއި ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ހަމެޖެހުމާއި ތަރައްގީގެ މަަސައްކަތްތަކާއި ތުއްތު ކުދިންގެ ތަރުބިއްޔަތާއި ތައުލީމާއި އެފަދަ އެންމެހައި ކަންކަމާއި ގުޅޭ ގޮތުން ސަރުކާރުގެ އެޖެންޑާގައި ކުރިން ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތަކުގެ ރާގު މިހާރު ބަދަލުވެފައިވާ ކަމަށެވެ.ދީނާއި ދެކޮޅަށް ހިނގާ ކަންކަމަކީވެސް ރާވައިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށާއި އެޖެންޑާ 19 ގައި ހުރި ފަތްފުއްތައް އުކެމުންދިޔަ ވަރަކަށް ރާއްޖެއަށް އިތުރު ނުރައްކާތައް އަންނަމުންދާތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ދައުލަތުގެ ބަޖެޓް ބޭނުން ކުރަމުންދާ ގޮތައް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ 34 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް "ފެންފޮދަކާއި ނުލައި ދިރުވާލައިފި" ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 65 ބިލިއަނަށް އަރާނެ ކަމަށާއި މިއަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެއީ މާބޮޑުބަދަލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ