މަރުތައް ބަލާ ކޮމިޝަނުން ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.މަރުތައް ބަލާ ކޮމިޝަނުން ބަަލަމުންދާ މައްސަލައެއްގައި ހައްޔަރު ކޮށްފައިވަނީ މ. ކުރިރުއްގެ އިރުފާން ރުޝްދީއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކަނޑުމަތިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި މިވަނީ އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ގޮތަށް ރާއްޖެ އައިސްފައި ނުވާކަމަށް އިމިގްރޭޝަނުން ބުނެފައިވަނިކޮށެވެ. މަރު ކޮމިޝަނުން އިރުފާން ހޯދުމަށް އިއުލާން ކުރުމުން އިމިގްރޭޝަނުން ވަނީ އޭނާ ރާއްޖެ ނާންނަ ކަމަށް ބުނެފައެވެ. އިފްރާން ހޯދަން އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ. 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެއަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ