ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީއަށް ފަޑިޕްގެ ދަށުން މާލީ އެހީދޭން އެއްބަސްވެއްޖެ

ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓުގެ އެހީގެ ދަށުން ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީއަށް މާލީ އެހީތެރިކަން ދިނުމަށް ފިޝަރީޒް މިނިސްޓްރީއާއި އެ ޖަމިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަނޑުވެރިކަމުގެ 10 ކޯޕަރޭޓިވް ސޮސައިޓިއަށާއި، މަސްވެރިކަމުގެ 7 ކޯޕަރޭޓިވް ސޮސައިޓީއަށް މިޕްރޮގުރާމުގެ ދަށުން އެހީތެރިކަން ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮންމެ ޖަމިއްޔާއަކަށް ވެސް 60000 ޑޮލަރާއި ގާތް ކުރާ އަދަދަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިޕްރޮގުރާމުގެ ދަށުން މީގެ ކުރިން ވެސްވަނީ ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ދޭން ފަށާފައެވެ.
އެއީ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއަށެވެ. މިޖަމިއްޔާއަށް މާލީ އެހީ ދޫކުރުމަށް ނިންމާފައިވަނީ ދަނދވެރިކަން ތަރައްގީކުރުމަސް މަސައްކަތް ކުރުމަށެވެ.
ގއ.ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓިއަކީ މިޕްރޮގުރާމުގެ ދަށުން މަސްވެރިކަން ތަރައްގީ ކުރުމަށް މާލީ އެހީތެރިކަން ދީފައިވާ ފުރަތަމަ ޖަމިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ