މަސްތުވާތަކެއްޗާއި ފައިސާތަކާއިއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މ އޮޅާލިގެ ފާސްކޮށް މަސްތުވާތަކެއްޗާއި ގިދަ ޢަދަދެއްގެ ފައިސާތަކަކާއި އެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދޮށަށް ގެންގޮސްފިއެވެ.
ކޯޓްއަމުރެއްގެ ދަށުން މ އޮޅާލިގެ ފުލުހުން ފާސްކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުންބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަތަރު މީހުން ހައްޔަރު ކޮށްފައިވާއިރު އެމީހުންގެ އަތުން މަސްތުވަތެކެތި ކަމަށް ޝައްކުކުރެވޭ 10 ޕެކެޓް ފެނިފައިވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރާއި 27 އަހަރާއި 21 އހަރުގެ ފިރިހެނުންނާއި 29 އަހަރުގެ އަންހެނެއްކަމަށްވެސް ފުލުހުންބުނެއެވެ.
އަދި 20 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން އޭނާގެ ހަށިގަނޑުން 30،000 ރ (ތިރީސް ހާސް ރުފިޔާ)، އަދި 27 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން 11،00ޔ ( އެގާރަ ސަތޭކަ ޔޫއެސް ޑޮލަރު) އާއި 3000ރ (ތިން ހާސް ރުފިޔާ) ފެނިފައިވާކަމަށްވެސް ފުލުހުންބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ