މިދިޔަ ހަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދެއްކި އެ ކްލަބްގެ އެންމެ ކާމިޔާބު ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) މި ފަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފި އެވެ.
ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ފައްރަ 2015 ވަނަ އަހަރު ޓީސީއާ ގުޅުމަށް ފަހު އެ ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައިވަނީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް ޓީސީން އުފުލާލައިލީ ފައްރަގެ ކެޕްޓަންކަމުގަ އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށް ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕަށް ދެ ފަހަރެއްގެ މަތިން ގެންގޮސްދިނުމުގައި ފައްރަގެ ލީޑަޝިޕް މުހިއްމު ދައުރެއް އަދާކުރި އެވެ.
we are pleased to announce the signing of experience defender former TC sports club captain Ahmed farra (farra).
ފައްރަ ބުނެފައިވަނީ މިއީ އޭނާގެ ދިރިއުޅުމުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ އެއް ނިންމުން ކަމަށާއި އެކަމަކު މިއީ އެ ނިންމުން ރަނގަޅު ގޮތުގައި ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ޓީސީގައި ރެކޯޑާއި ކާމިޔާބު ހޯދައި ކުރިއަށް ދިއުމަށް ހުޅުވިގެން ދިޔަ ފުރުސަތުތަކަކީ އޭނާ އަށް ވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވެސް ފައްރަ ސިފަކުރެ އެވެ.
"ޓީސީގެ ކެޕްޓަން ބޭންޑް އެޅުމަކީ އަހަރެންގެ ހަޔާތުގައި އެންމެ ފަހުރުވެރިވި އެއް ކަމަކަށްވާނެ. އުއްމީދަކީ އަހަންނަށް ކުރިން އިތުބާރުގެ ބަދަލު ހެޔޮގޮތުގައި މި ކްލަބަށް (ޓީސީ) އަށް ދެ ވަނަ ކަމަށް. މުސްތަގުބަލުގައި ކޮންމެވެސް އެހެން ފުރުސަތެއްގައި މި ކްލަބަށް އެނބުރި އައުމަށް އުއްމީދުކުރަން." ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުރިން ކުޅެފައިވާ ފައްރަ ބުންޏެވެ.
ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ ކްލަބް ފުޓްބޯޅަ ކެރިއަރު ފެށީ 2007 ވަނަ އަހަރު އޭރު ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކުރި ވިލިމާލެ އަށް ނިސްބަތްވާ ކްލަބް ވިޔަންސާ އިންނެވެ. އެ އަށް ފަހު މާޒިޔާ އަށް ކުޅުމަށް ފަހު ފައްރަ ވަނީ ވެލެންސިއާ އާއި ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ. އެ އަށް ފަހު 2012 ވަނަ އަހަރު މާޒިޔާ އަށް ކުޅުނުއިރު، ފަހުން 2014 ވަނަ އަހަރު ވިކްޓްރީގެ ރަތް ޖޯޒީން ވެސް ފެނުނެވެ.
ފައްރަ (ކ) އާއި ކަޅޭ ޝެއިހް ކަމާލް ކަޕް ތަށި ހިފައިގެން. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
ކްލަބް ކެރިއަރުގައި މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފައްރަ އަށް ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަދި ލިބިފައިނުވި ނަމަވެސް އޭނާ ވަނީ އުމުރުފުރާ ގައުމީ ޓީމުތަކުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރު ކަމަށްވާތީ ސަސްގެ ވިސްނުން އޮތީ މި ޑިވިޝަނުގައި އޮވެލުމަށާއި ގަދަ ހައެއްގެ ތެރޭގައި ހިމެނޭ ވަރުގެ ސްކޮޑެއް އެކުލަވާލުމަށެވެ. ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ކުޅޭ ސަސްގެ ވިސްނުމަކީ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ 10 ވަރަކަށް ކުޅުންތެރިންގެ އިތުރުން ކީޕަރެއް ހިމެނޭ ގޮތަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެންނާށެވެ.
shares
އިތުރު ލިޔުންތައް
ޓީސީ ސްޕޯޓްސް
ސުޕާ ޔުނައިޓެޑް ސްޕޯޓްސް
ޓީސީގެ ކެޕްޓަން ފައްރަ ސަސް އަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ