ކޮރޯނާވައިރަހަށް އިތުރު ސައްވީސްމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

ކޮރޯނާވައިރަހަށް އިތުރު 24 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 18 މީހަކާއި، ހަތަރު ދިވެއްސަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ. 
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1395 އަށް އަރާފައެވެ. 
މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ