ގދ. ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަސައްކަތުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި، 1336 މީޓަރު ރިވެޓްމެންޓް ޖެހުން އަދި 468 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 284 މީޓަރ އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.
އެމްޓީސީސީއަށް ހަވާލުކުރީ މިމަސައްކަތަކީ ޖުމުލަ 125،222،284.38 ރުފިޔާއަށް 660 ދުވަހުގެ ތެރޭގައި ނިންމުމަށް ދީފައިވާ މަސައްކަތެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ