ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަންނަ ހީނަރުކަމާ އެކު ވަޒީފާ ގެއްލޭ މީހުނާއި މުސާރަ އުނިކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ގާއިމުކޮށްފައިވާ ޕޯޓަލްއަށް ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށަހަޅައިފި އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލުމުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ 723 މީހަކު ކަމަށެވެ.ވަޒީފާގެ މައްސަލަތަކުގައި މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާވަޒީފާއިން ކަނޑާލައިން ހުށަހަޅާފައިވާ 185 މައްސަލަމުސާރަ ނުދީގެން ހުށަހަޅާފައިވާ 113 މައްސަލަމުސާރަ ނުލިބޭގޮތަށް ޗުއްޓީދީގެން ހުށަހަޅާފައިވާ 245 މައްސަލަމުސާރަ، ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްގެން ހުށަހެޅި 72 މައްސަލަވަޒީފާއިން ސަސްޕެންޑްކޮށްގެން ހުށަހެޅި 64 މައްސަލަޢިނާޔަތްތައް ނުލިބިގެން ހުށަހެޅި 44 މައްސަލަކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސްދުވަހުގެ ޢިނާޔަތެއް ދޭން ދައުލަތުން ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރިން ވިދާޅުވެފައެވެ. އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ.ކޯވިޑް-19އާ ގުޅިގެން ވަޒީފާގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ޙިއްސާކުރެވޭނެގޮތް ހަމަޖައްސައިދީފައިވަނީ މާރޗް މަހުގެ 21ވަނަ ދުވަހުއެވެ.އިގްތިސާދު ދަށްވާތީ އެ ކަމުން އަރައިތުމަށް ޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ. އޭގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަރުތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ