މިފަހަރު މޫވްސް ލައިކް ޖެގަރއެއް ނޫން! މޫވްސް ލައިކް ޝާތިރު!

މިނިސްްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާތިރު އޮފީސް ތެރޭގައި ނައްޓަވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި މި ވީޑިޔޯ ސޯޝަލް މީޑިޔާގައި އާންމުކުރެއްވީ އަލްހާން ފަހުމީއެވެ. ވީޑިޔޯ އާންމުކުރަމުން އަލްހާން ވިދާޅުވީ ޓެކްނޮލޮޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އޮފީސް ގަޑީގައި މުވައްޒަފުން ކުރިމަތީގައި "ދެބަންދިހާރަވެގެން" ކަހަލަ ޒާތަކަށް ނައްޓަވަމުން ގެންދަވާކަމަށެވެ.
"‏މިވަރުންވެސް ހަމަ މެޖޯރިޓީ ދޭން ރައްޔިތުން ތައްޔާރުތޯ؟"، އަލްހާން ސުވާލުކުރެއްވިއެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ޝާތިރު ދިޔައީ ޖެކެޓަކާާއި ތޮތްޕެއް ތުރުކުރައްވައިގެން ހުރެ އަވަށްޓެރި އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގ، ބަޖްރަންގީ ބާއިޖާން ފިލްމަށް ކިޔައިދިން "އާޖް ކީ ޕާޓީ" ލަވައަށް ނައްޓަވަމުންނެވެ. އެ ލަވައަށް ޝާތިރު ނައްޓަވަމުން ގެންދެވިއިރު، އެ މިނިސްޓްރީގެ އެހެނިހެން މުވައްޒަފުން ދިޔައީ އެ މަންޒަރު ބަލަމުންނެވެ.
މިކަމާއި ގުޅިގެން މީސް މީޑިޔާގައި ގިނަބައެއްގެ ފާޑުކިޔުން ވަނީ ޑެޕިއުޓީ މިނިސްޓަރ ޝާތިރަށް އަމާޒުވެފައެވެ. އެގޮތުން އޮފީސް މާހައުލުގައި އުޅުން ބަހައްޓަވަން ޖެހޭގޮތަށް އުޅުމަށްވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކަށް މި ވީޑިޔޯ މަޖާާވެ، އޮފީސް މާހައުލުގައި އޮފީސް ޕާޓީއެއްގެ ތެރެއިން މަޖާކޮށްލުމަކީ މައްސަލައެއް ނޫންކަމަށް ދަނީ ބުނަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ އަކީ އެ މިނިސްޓްރީގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރެވުނު ދުވަހެވެ.
މި ވީޑިޔޯގެ މައްސަލަ ހޫނުވެފައިވާއިރު، ރާާއްޖޭގެ މީޑިޔާއެއް ކަމުގައިވާ ސީއެންއެމްއަށް މައުލޫމާތުދެއްވަމުން ސައިންސް މިިނިސްޓަރ މަލީހު ވިދާޅުވީ އެ ވީޑިއޯގެ މައްސަލައިގައި ޝާތިރަށް ނަސޭހަތް ދެއްވާފައި ވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ