ގާސިމްއަށް ހަމަލާދީ މަރުވީ ފައިސާ ފޭރެން އުޅުމުގެ ތެރޭގައި: ފުލުހުން

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން މިއަދު ބޭއްވީ ޕްރެސް ކޮންފަރެންސްގައި ހާމަކުރި ގޮތުގައި ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދު ގާސިމްއަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމާއި، ފޭރުމުގެ ގޮތުން ގާސިމްއަށް ވަޅިން ބިރު ދެއްކުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަމަށް އޭނާ ތަހުގީގަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ބުނި ގޮތުގައި ބިރު ދެއްކުމުގެ ގޮތުން އަދުހަމް ގާސިމްގެ ކަރުގައި ވަޅި ޖެއްސުމުން ގާސިމް ދެ އަތުން ވަޅީގައި ހިފަހައްޓައި، ދޮރު ހުޅުވައި ހަޅޭއްލަވަން ފެށުމުން، ގާސިމްގެ އަޑު ކަނޑުވާލުމަށް އަދުހަމް ގާސިމްގެ ކަރަށް ވަޅިން ހަމަލާދިނީ އެވެ. ގާސިމްގެ ގާތިލް، އަދުހަމް ޓެކްސީއަށް އެރީ ހުޅުލެއިން ކަމަށާއި އޭނާ ޓެކްސީއަށް އެރީ ފޭރުމުގެ ނިޔަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަދުހަމް ފައިސާ ފޭރެން އުޅުނީ، މަސްތުވުމުގެ ބޭނުމުގައި ކަމަށާއި ސީދާ ގާސިމްއަށް ހަމަލާދިނުމަކީ އަދުހަމްގެ ނިޔަތް ނޫން ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ