ބަދަލަށް ބޮޑެތި އަދަދުތަކުން ފައިސާ ދިން މައްސަލަ އޭސީސީއިން ބަލަނީ

އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ގިނަ އަދަދަކަށް ދައުލަތުން ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފި އެވެ. އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ އަލަށް ހުށަހަޅައި ބަލަން ކޮމިޝަނުން ނިންމި އެންމެ ބޮޑު މައްސަލައަކީ ބަދަލުގެ ގޮތުގައި ދައުލަތުން ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ މައްސަލަ ކަމަށެވެ. ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން އަމިއްލަ ކުންފުނިތަކަށް ވަނީ ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދޫކޮށްފަ އެވެ. އެންމެ ފަހުން ފައިސާ ދޫކުރި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 848.10 މިލިއަން ރުފިޔާ) ދޫކުރި މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެކަމުގައި ނުހަމަ ކަންތައްތަކެއް ހިނގި ކަމަށް ވެސް ވަނީ ތުހުމަތުވެފަ އެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ