އޭދަފުށީގައި ދެން އަވަސްވެ ގަންނަންވީ ގެސްޓްހައުސް އަޅަން: އަލީ ވަހީދު

ބ. އޭދަފުށީ ރައްޔިތުން ދެން އަވަސްވެ
ގަންނަންވީ ރަށުގައި ގެސްޓްހައުސް އަޅަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ވިދާޅުވެއްޖެ އެވެ.
އޭދަފުށީގައި ހުޅުވި މަތީ ފެންވަރުގެ ޓާފް
ދަނޑު ރަސްމީކޮށް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު މިރަށުގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވި ގޮތުގައި އޭނާ ދެކެން ބޭނުންވަނީ ރާއްޖޭގެ
ފުޓްބޯޅަ ޓިމުތަކާއި އަދި ބޭރުގެ ފުޓްބޯޅަ ޓީމުތައް ވެސް އައިސް މަޑުކޮށްލެވޭވެ ރަށަކަށް
އޭދަފުށި ވެގެން ދިއުމެވެ.
“އަޅުގަނޑުމެންގެ ސަރުކާރުން
ފަތުރުވެރިކަމުގެ ސިނާއަތަށް ވިސްނިއަސް އަޅުގަނޑުމެން ބޭނުންވޭ ދިވެހިރާއްޖެ
އެކިއެކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްގީވެގެންދާން. އެގޮތުން އެކިހަކަލަ
ރީތިކަން މޮޅުކަން އެކި ރަށްރަށަށް ލިބިފަވަނީ،” އެކްޓިން ޔޫތު
މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ
ދައްކަމުން ދަނޑު ހަދިޔާކޮށްދެއްވި އޭދަފުށީގެ މަސްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނަޒީރު
ވިދާޅުވީ މި ދަނޑުގެ ސަބަބުން އޭދަފުށީގެ ރައްޔިތުންނަށް މާލީގޮތުން ވެސް ފައިދާތަކެއް
ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެ ބޭނުމުގައި ވަރަށް އަވަހަށް ދަނޑުގައި
އެކަށީގެންވާ ލައިޓިން ސިސްޓަމެއް ވެސް ހަރުކޮށްދޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
“ލައިޓް ސިސްޓަމް ހަރުކުރީމަ ނަތީޖާއަކަށްވާނީ ރީޖަނަލް
މެޗުތައް ވެސް މިތާ ކުޅެވޭނެ. އެހެން ކަމަށްވަންޏާ ބޭރުގެ މީހުން އައިސް
މިތަންތަނުގެ ގެސްޓްހައުސް ތަކުގެ އޮކިއުޕެންސީ ރަނގަޅުވެ، ރަށުގެ ތިޔާގި ކަމަށް
އިތުރު ކުރިއެރެމެއް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،” ނަޒީރު ވިދާޅުވި
އެވެ.
ނަމަވެސް އޭދަފުށީގައި
ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް 2013
ވަނަ އަހަރު އޭދަފުށީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން އަދިވެސް
ބަދަލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ