އަނގޮޅިތީމު ޓޫރިސްޓް ވިޒިޓަ ސެންޓަރުގެ މަސައްކަތް ނިމެނީ

ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ހިނގައްޖެއެވެ.އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އަނގޮޅިތީމު ކައުންސިލް މެމްބަރު މުހައްމަދު ޝާހީން ވިދާޅުވީ އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ މަސައްކަތުގެ ވަރަށްބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ ހިޔާކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ސިމެންތީގެ މަސައްކަތުގެ ނުވަދިހަ ވަރަކަށް ޕަސެންޓް ނިމިފައިވާ ކަމަށެވެ.ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރު / ފޮޓޯ: މުހައްމަދު ޝާހީން“އިމާރާތްތަކުގެ ސިމެންތީގެ 90% ވަރަކަށް ޕަސެންޓް މިހާރު ހުރީ ނިމިފަ، އަދި ހިޔާކުރުން ވަނީ އެއްކޮށް ނިމިފަ، ބާކީހުރި މަސައްކަތްތަކަށާއި މަސައްކަތުގެ ސްޕީޑަށް ބަލާއިރު ބެލެވެނީ ދެމަހެއްހާ ދުވަސްތެރޭ ނިމޭނެކަމަށް” ޝާހީން ވިދާޅުވިއެވެ.އަނގޮޅިތީމު ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އަޅައިފިރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ ބިންގާ، މޭ ޑޭގެ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި ދަރިފުޅުގެ އަތުން އަޅައިދީފައިވަނީ 30 ސެޕްޓެމްބަރު 2019 ގައެވެ. ޓެގްރ.އަނގޮޅިތީމު ޓޫރިޒަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ