މާދަމާއިން ފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެ!

މާދަމާ އިންފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ. 
ރާއްޖޭގެ އިސްލާމީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިހާތިނަ ދުވަހަށް ހުކުރު ކުރުން މެދުކަނޑާލި ފުރަތަމަ ފަހަރެވެ. މާލެ އާއި މާލެ ސަރަހައްދުގައި ހުކުރު ނުކޮށް ދޫކޮށްލީ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ.
ކޯވިޑް 19 އާ ގުޅިގެން މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ޖަމާއަތުގައި ނަމާދުކުރުން މީގެ ކުރިން ވަނީ މެދުކަނޑާލާފައެވެ. ބަންގި ގޮވުން ފިޔަވައި އެހެން ހަރަކާތެއް މިސްކިތްތަކަކު ނެތެވެ.
މާލޭ ސަރަހައްދުގައި ޖަމާއަތުގައި ހުކުރު ނަމާދުކުރަން މި ފަށަނީ 3 މަސްދުވަސްފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ