ފުލުސް އެކެޑެމީ އިމާރާތްކުރުމަށް އިންޑިޔާ އިން އައި ގިނަ މީހުން ޕޮސިޓިވް ވެއްޖެ

އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ އެކެޑެމީގެ މަސައްކަތަށް މިމަހުގެ އިންޑިޔާގެ ކޮޗިން އިން އައި 128 މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.
އިންޑިޔާއިން އިމާރާތުގެ މަސައްކަތަށް ގެނައި ހުރިހާ އެންމެން ތިބީ ދޫގަސް ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުގައެވެ. އިއްޔެ މިމީހުންގެ ކޮވިޑް ޓެސްޓު ހަދާފައިވާއިރު އޭގެ ތެރެއިން ގިނަ ބަޔެއްގެ ނަތީޖާ ވަނީ ޕޮސިޓިވް ވެފައެވެ.
މިހާތަނަށް ޕޮސިޓިވް ވީ މީހުންގެ ޖުމުލަ އަދަދު ސާފު ވެފައި ނުވި ނަމަވެސް މިކަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން "އައްޑޫލައިވް" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ، މިއަދު މެންދުރު 14:00 ގެ ފަހުން ޕޮސިޓިވްވި މީހުންގެ ސީދާ އަދަދު ލިބޭނެ ކަމަށެވެ.
އައްޑޫ ސިޓީގައި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ރޭންޑަމް ސާމްޕްލިން ވެސް ނަގާފައިވާއިރު 272 މީހަކު ވަނީ އައްޑޫގެ އެކި ހިސާބުތަކުން ކޮވިޑަށް ޓެސްޓުކޮށްފައެވެ. ޓެސްޓުކުރި ހުރިހާ އެންމެން ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ