"މިއަދު ހުޅުވި އިމާރާތުންވެސް ފުލުހުންގެ ތަރައްޤީއަށް ރައީސް ޔާމީން ކުރެއްވި މަސައްކަތް ފެނޭ"

މިއަދު ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ހުޅުވައިދެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ހުޅުމާލޭ ފުލުސް ސްޓޭޝަނުން އެމަނިކުފާނު ފުލުހުންގެ ތަރައްޤީއަށް ކުރެއްވި މަސައްކަތް ފެންނަ ކަމުގައި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. މިއަދު ހުޅުމާލޭގައި ހޯމް މިނިސްޓަރު ޢިމްރާން ހުޅުއްވައިދެއްވި އިމާރާތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ. އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައިއިރު ހުޅުމާލޭ ފުލުސް ސްޓޭޝަނުގެ ސްޓްރަކްޗާ މަސައްކަތް ހުރީ ނިމިފައެވެ. އެއިރު ކުރަމުން ދިޔައީ އެތަނުގެ އެތެރޭގެ ބައެއް މަސައްކަތްތަކެވެ. ޤައުމީ ތަރައްޤީގެ ތަޞައްވަރެެއް ލީޑަރުން އަތުގައި އޮންނަންޖެހޭ. ފުލުހުންގެ ތަރައްޤީއަށް ރައީސް ޔާމީން ކޮށްދެއްވި މަސައްކަތް މިއަދު ހުޅުވުނު އިމާރާތުންވެސް ފެނިގެންދޭ. ޕީޕީއެމް/ޕީއެންސީއަކީ ބިނާކުރާ ފިކުރު. ހުޅުޖަހައި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 8 ފެބްރުއަރީގަ. 1/2 https://t.co/CmaUlXszbq— Mohamed Jameel Ahmed (@MJameelAhmed) September 1, 2020ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޤައުމު ބިނާކުރުމުގެ ތަޞައްވުރެއް ސިޔާސީ ލީޑަރުންގެ އަތްޕުޅުގައި އޮންނަންޖެހޭ ކަމުގައެވެ. އޭގެ އިތުރަށް ޖަމީލު ވިދާޅުވީ ޕީޕީއެމް ޕީއެންސީއަކީ ބިނާކުރާ ފިކުރު ކަމުގައެވެ. ހުޅުޖަހައި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް ގޯނާކުރުމަށް ގޮވާލައި އެމްޑީޕީގެ ލީޑާޝިޕުން ހިންގާފައިވާ އަމަލުތަކާމެދު ފުލުހުންނާއި ސިފައިންގެ ކިބައިން އެމްޑީޕީން މަޢާފަށް އެދެންޖެހޭ ކަމުގައިވެސް އިދިކޮޅު ކޯލިޝަނުގެ ޚާއްޞަ މުސްތަޝާރުގެ މަޤާމުގައި ހުންނެވި ޑރ.ޖަމީލު ވިދާޅުވިއެވެ. އޭގެ އިތުރަށް ފުލުހުންގެ ޚިދުމަތުގެ މުހިއްމުކަން އެމްޑީޕީގެ ލީޑާޝިޕުން ރައްޔިތުން މަޖިލިހަށް ބުނެދޭން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފުލުހުންނަށް ދޭތެރެ ދޭތެރެއިން ޒާތްޒާތުގެ ތުހުމަތުތައް އެމްޑީޕީގެ މަޖިލިސް މެންބަރުން އަދި މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަމާޒުކުރައްވައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ