ހެޑްފޯން ޖެކާއެކު ސެމްސަންގުން ނެރޭނެ އެންމެ ފަހުފޯނަކީ އެސް10؟

ސްމާޓު ފޯނުތަކުގެ އެންމެ ފަހުގެ ޓްރެންޑަކީ ހެޑްފޯނު ޖެކާ ނުލައި ފޯނު އުފެއްދުމެވެ. އެޕަލްގެ ފަހަތުން ވަން ޕްލަސްއާއި ވާވޭ ފަދަ ކުންފުނިތަކުންވެސް މިހާރު ދަނީ ހެޑްފޯނު ޖެކު ނުހިމަނާ ފޯނު އުފައްދަމުންނެވެ.
މި ލިސްޓަށް ދެން އިތުރުވާ އަނެއް ކުންފުންޏަކީ ސެމްސަންގު ކަމަށް ހަބަރުތައް ބުނެއެވެ. ސެމްސަންގުގެ އާ ފްލެގްޝިޕް ފޯނު ގެލެސްކީ އެސް10 އަށް ފަހު ދެން އެކުންފުނިން އުފައްދާ އެއްވެސް ފްލެގްޝިޕް ފޯނެއްގައި ހެށްފޯނު ޖެކެއް ނުހިމަނާނެ ކަމަށްވެއެވެ. އެންމެ ފަހުން ދައްކާލި އޭ8 ގައިވެސް ހެޑްފޯނު ޖެކެއް ނެތެވެ.
ހެޑްފޯނު ޖެކު ފޯނުތަކުން އުނިކުރަންޖެހޭސީދާ ސަބަބެއް ކަސްޓަމަރުންނަށް ވިސްނައިދޭން އަދިިވެސް ކުންފުނިތައް ވަނީ ނުކުޅެދިފައެވެ.
ސެމްސަންގުން ދަނީ އެކުންފުނީގެ މިޑް ރޭންޖު ފޯނުތަކުގައިވެސް ވަރުގަދަ ފީޗާތައް ހިމަނަމުންނެވެ. ގެލެކްސީ އޭ9 ދާދިފަހުން އިއުލާނުކޮށްފައިވާއިރު އެ ފޯނުގެ ފަހަތުގައި ހަތަރު ލެންސް ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ