މަގުހުރަސް ކުރަނިކޮށް ކާރަކުންޖެހި މީހަކު ސީރިއަސް ޙާލަތުގައި

ސެނަހިޔާކައިރީގައި އޮތް ކަފިހި ހުރަސްކުރުމަކުން ދެމީހަކު ހުރަސް ކުރަނިކޮށް މަޑުނުކޮށް ދުއްވާފައި ދިޔަކާރަކުން ޖެހި ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެމީހާގެ ޙާލު ސީރިއަސް ކަމަށެވެ.  "ޒިބްރާ ކްރޮސް އިން ދެމީހަކު ހުރަސްކުރި ވަގުތު މަޑުނުކޮށް ދުއްވާފައި ކާރެއް ދިޔުމުގެ ސަބަބުން ކާރުން އެތަނުން އެކެއްގެ ގައިގައިޖެހި ވެއްޓެން ދިޔަވަގުތު ދެންހުރި މީހާގެގައިގައި ޖެހި ބިންމައްޗަށް ވެއްޓި ޒިބްރާކްރޮސް އަރިމަތީގައިހުރި "ރަބަރުގަނޑު" ގައި ބޯޖެހުމުގެ ސަބަބުން އޭޑީކޭގައި ދަނީ ފަރުވާދެމުން،" ފުލުހުން ވިދާޅުވިއެވެ. އެމީހާއަށް ފަރުވާ ދެމުން ގެންދަނީ އައީސީޔޫގައެވެ. އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިޙާދިސާގައި މަގު ހުރަސްކުރަން އުޅުނީ ދެ އަންހެނުންނެވެ. ޙާދިސާގައި ދެމީހުންނަށް ވެސް ވަނީ އަނިޔާ ލިބިފައެވެ. ސީރިއަސް އަނިޔާލިބުނު މީހާގެ ސިކުނޑީއަށް ލޭ އެޅިފައިވާ ކަމުގެ މަޢުލޫމާތު ވެސް ވަނީ ލިބިފައެވެ.
ފުލުހުން މިހާރުވަނީ އެ މަންޒަރު ދުށްމީހުން އެކަމާބެހޭ މަޢުލޫމާތު ޓްރެފިކް ޕޮލިހާ ޙިއްސާ ކުރުމަށް އިލްތިމާސް ކޮށްފައެވެ. ފަހަކަށް އައިސް މިފަދަ އެކްސިޑެންޓްތައް މާލެއާއި ރަށްރަށުގައިވަނީ އިތުރުވެފައެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ގަޑީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ