ތޫނުއެއްޗަކުން ހަމަލާދީ ހޯރަފުށީގައި ޒުވާނަކު ޒަހަމްކޮށްލައިފި

ހއ ހޯރަފުށީގައި ޢުމުރުން 18 އަހަރުގެ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންބުނީ މިރޭ ގާތްގަނޑަކަށް 19:30 ހާއިރު ހިނގި މިހާދިސާގައި އަނިޔާވި ޒުވާނާއަށް މިހާރު ގެންދަނީ ހއ. ދިއްދޫ ހޮސްޕިޓަލުން ފަރުވާދެމުންކަމަށާއި ހަމަލަދީ ޒަޚަމްކޮށްލާފައިވަނީ އޭނާގެ އަނގަ ކައިރިން ދެތަނެއްކަމުގައެވެ.
މިމައްސަލައާއި ގުޅުން ހުރި ކަމަށް ބެލެވޭ 2 މީހަކު މިހާރު ވަނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ