މަޖިލީސް ކުރާގޭ ދޮށުގައި މުޒާހަރާ ކުރުމަށް އެމްޑީޕީން ގޮވާލަމުން ދާތީ އެކަންތައް ހުއްޓުވުމަށް ޑީއާރްޕީން ގޮވާލައިފި

10:00ރައްޔިތުންގެ މަޖިލީސް ކުރާގޭ ދޮށުގައި މުޒާހަރާ ކުރުމަށް އެމްޑީޕީން ގޮވާލަމުން ދާތީ މިކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ޑީއާރްޕީން ގޮވާލައިފި އެވެ.ޑީއާރްޕީން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަބުރުފުޅު ނަގާލާ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީސް ކުރާގޭގެ އިއްޒަތާއި ކަރާމަތް ނަގާލުމަށް މުޒާހިރާ ކުރުމަށް އެކި އެކި މީޑީއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ގޮވާލަމުން ޑީއާރުޕީން އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ.ދިވެހިރާއްޖޭގައި އެއްވެއުޅުން މަނާކުރާ ޤަވާއިދުގައި ކަނޑައެޅިގެން އެއްވެ އުޅުން މަނާ ސަރަހައްދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސްކުރާ ގެ ހިމެނޭކަން އެގިތިބެވެސް ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ހައިބަތާ ކަރާމާތް ނަގާލުމަށްޓަކައި އެމްޑީޕީން ހިންގަމުންގެންދަނީ ޣައިރު ޤާނޫނީ އަމަލެއްކަން ފާހަގަކޮށް، ޑީއާރްޕީން ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލިސްކުރާ ގެ ހިމެނޭ ސަރަހައްދުގައި މީހާރު ކުރަމުންގެދާ ސިލްސިލާ މުޒާހިރާތަކާއި އަދި އާއްމުކޮށް އިއުލާނުކޮށްގެން ކުރުމަށް ތައްޔާރުވަމުންދާ މުޒާހިރާ ހަރުކަށި އިބާރާތުން ކުއްވެރިކުރުމަށާއި އެކަމުގައި ބައިވެރިވެ ޝާމިލުވާ ފަރާތްތަކާއި މެދު ޤާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ސިފައިންނަށް ޑީއާރްޕީން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ