އަންނަ އޭޕްރީލް މަހުން ފެށިގެން މަސްވެރިންގެ ސަބްސިޑީ ދޭނަން: ފިޝަރީޒް

މުހައްމަދު ފަޒީންއަންނަ އޭޕްރީލް މަހުގެ ތެރޭގައި މަސްވެރިންނަށް ދޭން ނިންމައިފައިވާ ސަބްސިޑީ ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރގެ ނައިބު އަދި ޑީއާރޕީގެ މީޑިޔާ ކޯޑިނޭޓަރ އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ. މިއަދު ޑީއާރްޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އަލީ ސޯލިހު ވިދާޅުވީ 2012 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ކަނޑައަޅާފައިވާ ސަބްސިޑީޒް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ދެވވެން ފެށޭނެ ކަމަށެވެ.
"2012 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަސްވެރިންގެ ސަބްސިޑީޒް ދޫކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ފިޝަރީޒް މިނިސްޓްރީގެ ތެރެއިން މިހާރު ދަނީ ކުރެވެމުން. އެގޮތުން އެކަމާގުޅުން ހުރި ނިންމަންޖެހޭ ކަންތައްތަކެއް ނިންމުމަށްފަހު މި ކުރިއަށްއޮތް ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި މާލިއްޔަތު ކޮމިޓީއަށް ފޮނުވާ އަދި ހާއްސަކޮށް ވަޒީރުންގެ މަޖިލީހަށް އެމައްސަލަ ހުށަހެޅި އިރާދަކުރެއްވިއްޔާ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާތެރޭގައި އަޅުގަނޑުމެންނަށް މަސްވެރިންނާ ހަމައަށް އެސަބްސިޑީޒް ދޫކުރުމުގެ ކަންތައްތައް ކުރެވޭނެ ކަމަށް މިބަލަނީ." ޑީއާރްޕީގެ މިޑިއާ ކޯޑިނޭޓަރ އަލީ ސޯލިހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބައިތުލްމާލް ވަނީ ހުސްކޮށްލާފައިކާމަށާއި، ސަބްސިޑީޒް ދޫކުރުމުގައިވެސް ފައިސާގެ ދަތިތަކާ ކުރިމަތިވާނެކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓްގައި މަސްވެރިންގެ ސަބްސިޑީޒް ހިމަނާފައިވާތީ މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރާނެކަމަށާއި ވަރަށް އަވަހަށް މާލެ ވިލިގިނލީން މަސްވެރިންނަށް އައިސް ލިބޭނެގޮތް ވާނެކަމަށްވެސް އަލީ ސޯލިހު އިތުރަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ