މިފްކޯ މަސްމާރުކޭޓް ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓަރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މާލޭގައި މަސް މާރުކޭޓެއް ހުޅުވައިފިއެވެ.
މިއަދު ހަވީރު މި މަސްމާރުކޭޓް ހުޅުވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މި މަސްމާރުކޭޓުން ކޮލިޓީ މަސް ލިބޭނެ ކަމަށާއި އަދި ވިއްކޭ އެންމެ ހެޔޮ އަގުގައި މަސްވިއްކާނެ ކަމަށެވެ. އަދި މި މާރުކޭޓް ރޯދަ މަސްނިމުމުންވެސް ކުރިއަށް ގެންދާނެކަމަށެވެ.
"މިތަނުން ކޮލިޓީ މަސް ލިބެން ހުންނާނެ. އަދި ވިއްކޭ އެންމެ ހެޔޮއަގުގައި މަސް ވިއްކާނެ. މިތަނުން މަހުގެ އެކި ކެޓަގަރީތައް ލިބެންހުންނާނެ. "އޭ" ކެޓަގެރީގެ މަސްވެސް ލިބޭނެ" މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މިއަދު ހުޅުވި މިފްކޯގެ މަސްމާރުކޭޓުން 60 ރުފިޔާ އާއި 80 ފަސް ރުފިޔާއާ ދެމެދުގެ އަގު ތަކެއްގައި ރޯމަސް ވިއްކައެވެ. އަދި އެތަނުން ގަންނަ މަސް ގަންނަ މީހާ ބޭނުންވަރަކަށް ބުރިކޮށްދޭނެ ކަމަށާއި އަދި މަސް ނުކަނޑާވެސް ވިއްކާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރު އާއްމުންނަށް ފިހާރަ ހުޅުވާލާއިރު އެތަނުގައި ރޯމަހުގެ ތަފާތު ބައިތައިތަކާއި ފަރުމަހުގެ ބާވާތްތައްވެސް ވިއްކަންހުންނާނެ ކަމަށް މިފަކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ